Advertisement
header ad
XeeTimesXeeTimes
މާސްޓަރ ޑެންޓަލް ކެއަރ އިން ' އެލައިންމާސްޓަރ' ގެ ނަމުގައި އެލައިނަރ ބްރޭންޑެއް ތަޢާރަފްކުރުން: އަގުހެޔޮކޮށް ޚިދުމަތް ހޯދުމުގެ ފުރުސަތު! ސިއްޙަތު

މާސްޓަރ ޑެންޓަލް ކެއަރ އިން ' އެލައިންމާސްޓަރ' ގެ ނަމުގައި އެލައިނަރ ބްރޭންޑެއް ތަޢާރަފްކުރުން: އަގުހެޔޮކޮށް ޚިދުމަތް ހޯދުމުގެ ފުރުސަތު!

މާސްޓަރ ޑެންޓަލް ކެއަރއިން ' އެލައިންމާސްޓަރ' ގެ ނަމުގައި އެލައިނަރ ބްރޭންޑެއް ވަނީ ތަޢާރަފްކޮށްފައެވެ. ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި އުފައްދަން ފެށި މި އެލައިނަރ ބްރޭންޑް ތަޢާރަފްކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ހުޅުމާލޭ ޑެންޓަލް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތުގައެވެ.

" 'އެލައިންމާސްޓަރ' އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ އެލައިނަރގެ ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ކްލިއަރ އެލައިނަރގެ އަވަސް ފަރުވާ ފަސޭހަކަމާއެކު އަދި ހެޔޮއަގެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދިނުން. މިއީ ދަތުގެ ފަރުވާގެ ދާއިރާގައި މާސްޓަރ ޑެންޓަލް ކެއަރ އިން ދެމުންދާ ޚިދުމަތުގެ 15 އަހަރުގެ މި ދަތުރުގައި ހާސިލުކުރި ވަރަށް މުހިންމު ކާމިޔާބީއެއް". މާސްޓަރ ޑެންޓަލް ކެއަރގެ މެނޭޖިންގ ޑައިރެކްޓަރ ޑރ. އަހުމަދު ސަލީމް ވިދާޅުވިއެވެ.

އަދި މިއީ ޒަމާނީ ދަތުގެ ފަރުވާއަށް އެކުންފުނިން ކުރަމުންދާ އިތުބާރު ހުރި އިންވެސްޓްމަންޓުގެ ހެއްކެއްގެ ގޮތުގައި ޑރ. ސަލީމް ވިދާޅުވިއެވެ. މި އެލައިނަރ ބްރޭންޑް ޑރ. ސަލީމް ސިފަކުރެއްވީ 'ދިވެހިރާއްޖޭގައި ހިނިތުންވުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެލައިންމާސްޓަރ' ގެ ގޮތުގައެވެ.

Article - in content
Advertisement

މާސްޓަރ ޑެންޓަލް ކެއަރގެ އިންހައުސް ޑެންޓަލް ލެބޯޓަރީގައި އުފައްދާ 'އެލައިންމާސްޓަރ' އަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކުރާ އުފެއްދުމެކެވެ. މި ލެބޯޓަރީގައި އެންމެފަހުގެ ޒަމާނީ މެޝިނަރީއާއި، މައިކްރޯ ޕްރެސިންގ އިކުއިޕްމަންޓާއި، އިންޓްރާއޯރަލް ސްކޭނަރުގެ އިތުރުން އެލައިނަރ ޕްލޭންކުރުމަށާއި އުފެއްދުމަށް ޚާއްސަ ޑިޖިޓަލް ސޮފްޓްވެއަރ ބޭނުންކުރެއެވެ.

މި ފަރުވާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތަޖުރިބާކާރު އޯތޯޑޮންޓިސްޓުންނާއި ޤާބިލު ޑެންޓަލް ޓެކްނީޝަނުންގެ ބެލުމުގެދަށުންކަމަށް މާސްޓަރ ޑެންޓަލް ކެއަރއިން ވަނީ ހާމަކޮށްފައެވެ. ކުރިން އެލައިނަރގެ ޚިދުމަތް ދެމުންދިޔައީ ރާއްޖެއިން ބޭރުގައި އުފައްދާ އެލައިނަރ ގެނެސްގެންނެވެ. ރާއްޖޭގައި އުފައްދަން ފެށުމުން ވަގުތު ސަލާމަތްވެ ކުރަންޖެހޭ ޚަރަދު ކުޑަކުރެވި އެމީހަކަށް އެންމެ އެކަށޭނަ ކްލިއަރ އެލައިނަރގެ ފަރުވާދިނުމަށް ފަސޭހަވާނެއެވެ.  

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —