Advertisement
header ad
XeeTimesXeeTimes
ދިވެހި ދަރިވަރު ނިޔާވި މެލޭޝިއާ އެކްސިޑެންޓް: ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް!

ދިވެހި ދަރިވަރު ނިޔާވި މެލޭޝިއާ އެކްސިޑެންޓް: ޑްރައިވަރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް!

މެލޭޝިއާގައި ރޭ ހިނގި އެކްސިޑެންޓްގައި އެ ޤައުމުގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރަކު ނިޔާވެފައިވާއިރު، މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގުގައި އެކްސިޑެންޓްވި ދެކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ވަނީ ޓެސްޓްކޮށްފައެވެ. ރޭ 08:48 ހާއިރު ހިނގި މި އެކްސިޑެންޓާއި ގުޅޭގޮތުން ޕޮލިސް ޗީފް އެސިސްޓެންޓް ކޮމިޝަނަރު 'އަޒްލާން ވަން މާމަތު' ނޫސްތަކަށް ދީފައިވާ މައުލޫމާތަށް ބަލާއިރު ޓެކްސީ ކާރު ދުއްވަން އިން މީހާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މިމީހާގެ ބަންދަށް ވަނީ ހަތަރު ދުވަސް ޖަހާފައެވެ.

37 އަހަރުގެ މެލޭޝިއާގެ މި ޑްރައިވަރު ދުއްވި ޕެރޯޑުއާ އެޓީވާ ބްރޭންޑުގެ ކާރެއް އެހެން ކާރެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ކާރުގައި ތާށިވެ ބޮޑެތި ޒަޚަމްތަކެއްވެ އެކްސިޑެންޓް ހިނގިތާ މާގިނަވަގުތެއް ނުވަނީސް ނިޔާވީ އައްޑޫ ސިޓީ ހިތަދޫ މާރިޝް، އާމިނާ އިމިލީ ނާޒިމް 22 އަހަރު އެވެ. މި އެކްސިޑެންޓްގައި ދެންއިން ދިވެހި ދަރިވަރަށް ވަނީ ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިފައެވެ. މި ދަރިވަރާއި ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ނުލިބެއެވެ.

އެކްސިޑެންޓް ހިނގި ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވަނީ، 34 އަހަރުގެ މީހަކު ދުއްވި 'ޕްރޮޓޯން އެސް70' މަރުކާގެ ކާރު ދަތުރުކުރަމުން ދަނިކޮށް، ދިވެހި ދަރިވަރުން ތިބި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް 'ޕްރޮޓޯން' ކާރުގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުންނެވެ. އެކްސިޑެންޓްވި ކާރު ވަނީ ފުރޮޅާލާ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Article - in content
Advertisement

އިމިލީގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހެދުމަށް ގެންގޮސްފައެވެ. މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު އިމިލީގެ އާއިލާގެ މެންބަރުން ވަނީ މެލޭޝިއާ އަށް މިއަދުގެ ވަގުތެއްގައި ގޮސްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —