Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ނޮދަން ކާޑިނަލް މިއީ ވަރަށް ރީތި ދޫންޏެއް

މައުލޫމާތު: ނޮދަން ކާޑިނަލް މިއީ ވަރަށް ރީތި ދޫންޏެއް

މި ދޫންޏަކީ އެމެރިކާގެ 7 ސްޓޭޓެއްގެ ރަސްމީ ދޫންޏެވެ. އެހެންމޫސުންތަކާ ޚިލާފަށް މި ދޫނީގެ ކުލަ ފިނިމޫސުމުގައި ގަދަވެއެވެ. އާންމުކޮށް މިދޫނި ކައި އުޅެނީ ސަންފްލާވަރ އޮށެވެ. މި ދޫންޏަކީ 9 އިންޗިއަށް ބޮޑުވާ ފިޔަގަނޑު ހުޅުވާލުމުން 23 ސެންޓިމީޓަރ ހުންނަ ބަރުދަނުގައި 4.8 ގްރާމް ހުންނަ ދޫންޏެކެވެ. ފިރިހެން ދޫނި ކުލަގަދަކޮށް ހުންނައިރު ކުލަމަޑުކޮށް ހުންނަނީ އަންހެން ދޫންޏެވެ. ފިޔާތޮށި ކުލައިގެ ތުންގަނޑު ހުންނައިރު ނިގޫފަތް ހުންނަނީ ދިގުކޮށެވެ. އާންމުކޮށް ދިރިއުޅޭނީ ބަގީޗާ ފަދަ ތަންތަނުގައި ހުންނަ ތިރިކޮށް ހެދިފައިވާ ގަސްތަކުގައެވެ.

Donald Wuori

މި ދޫނި ބިސްއަޅަނީ އަހަރަކު 2-3 ފަހަރެވެ. ބައެއްފަހަރު 4 ފަހަރަށްވެސް އަޅައެވެ. އަންހެންދޫނި ބިސް އެޅުމުން ފިރިހެންދޫނި ހާލީގެ ހިމާޔަތުގައި އުޅެއެވެ. ބިސްއަޅާ ދުވަސްވަރު އަންހެން ދޫންޏަށް ކާއެއްޗެހި ގެނެސްދީ ހަދަނީ ފިރިހެން ދޫންޏެވެ. މި ދޫންޏަކީ ބަލާލަން ވަރަށްރީތި ސިފަތަކެއް ލިބިފައިވާ ދޫންޏެކެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —