March 9, 2026 11:16
Advertisement

-Advertisement-

ބައިނަލްއަގުވާމީ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެމަސް ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަހާ ގުޅުވައިގެން، މި ބަލި ތަހައްމަލު ކުރަމުންދާ މީހުންތަކެއް އިސްނަގައިގެން ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ޓީ ބޮކްސްގައި ބޭއްވުނު މި ހަފްލާގެ ބޭނުމަކީ މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރަށް ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

އެންޑޯމެޓްރިއޯސިސް އަކީ ރަހިމްގެ އެތެރެ ފަށަލަ އާއި އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލަމޭޓަރީ ދާއިމީ ބައްޔެކެވެ.

ބޭރުފުށުން ފެންނަން ހުންނަ ބަލިތަކާއި ޚިލާފަށް އެންޑޯމެޓްރިއޯސިސް އަކީ ހަށިގަނޑު އެތެރޭގައިވާ ފާރުތަކެކެވެ. ނަމަވެސް ދިގު މުއްދަތަކަށް އިންފްލަމޭޝަން ދެމިގެން ދިއުމާއި، ނާރުތައް ޝާމިލްވުމާއި، ގުނަވަންތައް ތަތްވުމާއި، ގުނަވަންތަކުގެ ދައުރަށް އަސަރުކުރުމުގެ ސަބަބުން މިބައްޔަކީ ވަރަށް ވޭންގަދަ ބައްޔެކެވެ.

Advertisement

ދުނިޔޭގެ އެންމެ ވޭންދެނިވި 20 ބަލީގެ ތެރޭގައި އެންޑޯމެޓްރިއޯސިސް ހިމެނެއެވެ. ދިރާސާތަކުން ދެނެގަނެވިފައިވާ ގޮތުގައި މިބަލި ވަނީ އޯވަރީ، ގޮހޮރު، ބްލެޑަރ، ލިގަމެންޓްތައް، އެބްޑޮމިނަލް ވޯލް، ނާރުތައް، ސިޒޭރިއަން ލަކުނު، ފޫޅު، ކިޑްނީ، އެޕެންޑިކްސް، ފުއްޕާމޭ، ހިތް، ލޯ އަދި ނިޔަފަތިން ވެސް ފެނިފައެވެ.

މި ހަފްލާގެ ތެރެއިން، އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި، މި ބަލި ތަހައްމަލު ކުރާ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް ހިތްވަރުދީ، ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.

މި ހަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ބައިވެރިންގެ މެދުގައި ގުރުއަތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުން ހޮވުނު ތިން މީހަކަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ހޭލުންތެރިކަން އިތުރުވެ، ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދެއެވެ.

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް