March 9, 2026 11:18
Advertisement

-Advertisement-

އަންހެނުންނާއި އަންހެންކުދިންނަށް ދިމާވާ ނިކަމެތިހާލަތުން ސަލާމަތްކޮށްދީ ހިތްވަރަކަށްވަމާ!

1911 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗް 8 ފާހަގަ ކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. 2026 ވަނަ އަހަރާއި ހަމައަށް އައިއިރު މިއީ އަންހެނުންގެ ދުވަހުގެ ގޮތުން ހާއްސަ ދުވަހެއް ފާހަގަ ކުރާ 115 ވަނަ އަހަރެވެ. މިއީ އިޖުތިމާއި ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަގާފީގޮތުން އަދި ސިޔާސީ ގޮތުން އަންހެނުންގެ ބައިވެރިވުމާއި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރާ ދުވަހެކެވެ. 
 
މިއަހަރު އަންހެނުންގެ ދުވަހާއި ކުރިމަތިލިއިރު ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގެ އަންހެނުންގެ އާބާދީ 4.05 ބިލިއަން ފަހަނައަޅާ ހިނގައްޖެއެވެ. ބަސްބުނެވޭ ކަންކަން ނިންމާ ހިސާބުގައި ތިބި އަންހެނުންގެ ދައުރު ބޮޑެވެ. ކަންކަން ނިންމާ ހިސާބުގައި ނުވަތަ ލީޑަރޝިޕް ރޯލްތައް އަދާކުރާ އަންހެނުންގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރު ވަމުންނެވެ. މިއަހަރު އަންހެނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވެން ވީ ގިވް ވީ ގެއިން" އެވެ. 
 
މި ތީމު ބާރުއަޅަަނީ ދީލަތިކަމާއި އެއްބާރުލުން ދިނުމުގެ ވިސްނުމަކަށް ހިތްވަރު ދިނުމަށެވެ. އަދި އެކަކު އަނެކަކަށް އެއްބާރުލުންދީ އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށް ހިތްވަރު ދިނުމަށެވެ. ދިނުމަކީ އުނިވުމެއް ނޫން ކަމަށާއި ދިނުމަކީ ގިނަވުމެއް ކަމަށް ދެކި އަންހެނުން ބާރުވެރިކުރުމަށް އެކަކު އަނެކަކަށް އެހީވުމަށެވެ. އަންހެނުންނާއި އަންހެން ކުދިންގެ ކުރިއެރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށެވެ. ތަފާތުކުރުންތައް ނައްތާލާ އަންހެނުންގެ ކާމިޔާބީތައް ފާހަގަކުރުމާއި އިލްމާއި ހިލްމު އެކަކު އަނެކަކާއި ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދިނުމަށެވެ. 
އެހެންނަމަވެސް މިއަހަރު އަންހެނުންގެ ދުވަހާއި ކުރިމަތިލާއިރު އެތައް މިލިއަން އަންހެނުންނާއި އަންހެންކުދިން މަޖުބޫރުން ރެފިއުޖީ ކޭމްޕްތަކުގައި އެބަތިއްބެވެ. އެމީހުން ވަނީ އެއްވެސް ގައުމަކަށް ނިސްބަތްވާކަމުގެ ލިޔެކިއުމެއް ނެތި ފަޤީރު ހާލަތުގައި އިންސާނީ އަސާސީ ހައްގުތަކުން މަހުރޫމުވެފައެވެ. އޭގެތެރެއިން ކޮންމެ 5 މީހަކުން އެކަކީ ޖިންސީ ހާނިއްކައަށް ހުށަހެޅިފައިވާ މީހެކެވެ. އޭގެތެރޭގައި ގިނައީ ތައުލީމާއި، ރަނގަޅު ކާނާއާއި، ސިއްހީ ހިދުމަތް ފަދަ މުހިންމު ކަންކަމުން މަހުރޫމްވެފައިވާ ކުދިންނާއި މީހުންނެވެ. މިފަދަ މީހުންގެ ހައްގުތައް ހޯދައިދޭން ވަކާލާތު ކުރާ މީހުން ނުހަނު ގިނައެވެ. އެހެންނަމަވެސް އަމަލީގޮތުން ކުރިއެރުމެއް ހާސިލްކޮށްދެވޭ ހިސާބުގައި ނުވަތަ އެ މީހުންގެ ހައްޤުތައް އަލުން އަނބުރާ އިޔާދަކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި ބާރުތައް މިއަދު ވަނީ ނުކުޅެދިފައެވެ. 
ކުރިޔަށް ނިކުމެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރާ އަންހެނުންގެ ދައުރު މުޖުތަމައުތަކުގައި ބޮޑުވަމުން އައިނަމަވެސް އިންސާނީ ކާރިސާއަކާއި ހަނގުރާމައިގެ ހާލަތްތަކުން އަރައިނުގަނެވި ތިބި އެތައްމިލިއަން އަންހެނުންނާއި ކުޑަކުދިންނަށް އެނޫން ހާލަތަށް އެމީހުންގެ ދިރިއުޅުން ގެންގޮސްދޭނެ މަގެއް ހޯދައިދިނުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ. 
 
އަޅުގަނޑުމެންގެ އަވައްޓެރި ހިސާބުތަކުން ފަށާއިރި އިންޑިއާ، ޕާކިސްތާން އަފްޣާނިސްތާނު މިޔަންމާ ފަދަ ގައުމުތަކުގައި ހާލުގައި ޖެހިފައިވާ އަންހެނުންނާއި އަންހެން ކުދިންގެ އަދަދުތައް ނުހަނު ގިނައެވެ. 
އަރަބި އިސްލާމީ ގައުމުތަކަށް ބަލާއިރު ފަލަސްތީން، ސީރިއާ ނައިޖީރިއާ، ޔަމަން، އުރުދުން ފަދަ ގައުމުތަކުގައިވެސް ރެފިއުޖީންގެ ގޮތުގައި ދަތި ހާލުގައި ދިރިއުޅޭ އަންހެނުންގެ އަދަދު ނުހަނު ގިނައެވެ. ހަނގުރާމައާއި އިގްތިސާދީ ނުތަވަސްކަމާއި އިންސާނީ އެތަކެއް ކާރިސާއެއްގެ ސީދާ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާންޖެހިފައި ވަނީ މިއަދުވެސް އަންހެނުންނަށެވެ. 
 
އެހެންކަމުން މިއަދު 115 ވަނަ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު ހަވާސާވެފައިތިބި އަންހެން އާބާދީއަށް އަޅާލާ އެމީހުންގެ ހައްގުތައް ހޯދައިދޭން އަމަލީގޮތުން މަސައްކަތް ކުރާނެ ލީޑަރުންނަށް މިއަދު ދުނިޔެ މިވަނީ ނުހަނު ބޭނުންވެފައެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ދިމާވާ ނިކަމެތިހާލަތުން ސަލާމަތްކޮށްދީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާ ބަޔަކަށް އަންހެނުންވަމާތޯއެވެ.
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް