March 9, 2026 11:17
Advertisement

-Advertisement-

ރިޔާ ސާބިތުކޮށްދިނީ ކަސްރަތުކުރަން ކެރެންޏާ ބަނޑުހިންދާލުމަކީ އެއްވެސްކަމެއް ނޫންކަން!

ލެގަސީ ފިޓްނެސްގެ ސީއީއޯ އަހުމަދު ރިޔާޒު އަކީ ފިޓްނެސް ދާއިރާގައި ރާއްޖޭގައި ތިބި ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ފިޓްނެސް އިންސްޓްރަކްޓަރ އެކެވެ. ރިޔާ އާއި 3 ފިރިހެން ދަރިން ހިންގަމުން އަންނަ ލެގަސީ ފިޓްނެސް ހުންނަނީ ހުޅުމާލޭގެ އަމީން އެވެނިއު އިމާރާތުގައެވެ.

ވޯކްއައުޓްގައި އެކީގައި މަސައްކަތްކުރާ 'ބަފާ' އާއިއެކު ރިޔާ

ރިޔާ އަކީ 1992 ވަނަ އަހަރު ބަނޑޮސް އައިލެންޑު ރިސޯޓުގެ ވެރިޔާ މުހައްމަދު ވަހީދުއްދީންގެ ޕާސަނަލް ޓްރޭނަރެވެ. އޭގެފަހުން ވަނީ ސަން އައިލެންޑު ރިސޯޓުގެ ރެކްރިއޭޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ވެލައްސަރު މޯލްޑިވްސްގައި ވެސް މަސައްކަތްކޮށްފައިވާއިރު މާލެއަށް ދިރިއުޅުން ބަދަލުކުރީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު އެކި ޖިމްތައް ހިންގުމުގައި އިސްކޮށް އުޅުމަށްފަހު އަމިއްލަ އާއިލާގެ ވިޔަފާރި ލެގަސީ ފިޓްނެސްގެ ޚިދުމަތް ދޭން ފެށީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ރިޔާގެ ޝޯޓްކަޓް ޕްރޮގްރާމް ފެށުނީއްސުރެ ރިފާޝްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވޭ

" ދުޅަހެޔޮ ސިއްހަތަށް ވިސްނައިގެން ޖެނެރަލް ފިޓްނެސް އަށް މިކުރިއަށްގެންދަނީ. ވަރަށް ޑިމާންޑް އޮވޭ ރިހެބް ޓްރެއިނިންގ އަށް. ހުރިހާ ދާއިރާއަކަށް ފޯކަސްކުރަން. އެފްއީއޭ މޯލްޑިވްސް އެކަޑަމީ ރަޖިސްޓްރީކޮށް ކޯސްތައްވެސް އެބަހިންގާ. 3 ދަރިންގެ އެއްބާރުލުމާއެކު ކުރިއަށްމިދަނީ". ރިޔާ

Advertisement

"ރިޔާގެ ޝޯޓްކަޓް" ނަމުގައި ލެގަސީ ފިޓްނެސްއިން ގެނެސްދިން ޕްރޮގްރާމް ވަނީ ޓިކްޓޮކް ޕްލެޓްފޯމްގައި ވައިރަލްވެފައެވެ.

" މި ޕްރޮގްރާމް ފެށިއިރު ބުނިން. ބައްޕައަށް ރަނގަޅީ ކޮންމެ ކުއްޖަކު 2 ހަފްތާވަންދެން ޓްރެއިން ކޮށްދިނިއްޔާއޭ. މައުޒަމް އުޅެނީ ސައުދިއަރަބިއާގައި ކިޔަވަން. ވަރަށްބޮޑު ސަޕްރައިޒެއް މައުޒަމް އައިސް 2 ހަފްތާއަށް ޓްރެއިން ކޮށްދިނުން އެއީ. ރިފާޝް އަބަދުވެސް ހުރޭ ކައިރީގައި އެހީތެރިވާން. ފެއްޓިއިރު އެންޖަރީވެފައި ހުރީމަ ވަރަށް ބޮޑަށް ކޮނޑުހުޅުގައި ރިއްސި. އެންމެފަހު 2 ހަފްތާ މިދިޔައީ ރިޔާޝް އާއިއެކު. ނިއުޓްރިޝަން ބެލެހެއްޓީ ރިޔާޝް". ރިޔާ ކިޔައިދިނެވެ.

ރިޔާގެ ދަރިފުޅު މައުޒަމް ވޯކްއައުޓަށް އެހީތެރިވެދެނީ

ރިޔާ މައުލޫމާތު ދިންގޮތުގައި 3 ދަރިންނާއި އަންހެނުން އަދި އެކީގައި ވޯކްއައުޓް ކުރި މީހުންގެ ސަޕޯޓާއެކު ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލެވުނީއެވެ. 6 ހަފްތާއަށް ކުރިއަށްގެންދިޔަ ވޯކްއައުޓްތަކުގައި 11 ކިލޯ ވަނީ ލުއިވެފައެވެ. މި ޕްރޮގްރާމް ފެށިއިރު ހުރި ބަނޑުވަނީ އެކީގައި ހިންދާލާފައެވެ.

ލެގަސީ ފިޓްނެސްގެ މެނޭޖިންގ ޑައިރެކްޓަރ ރިޔާޝް މައުލޫމާތުދިންގޮތުގައި މިއީ ކާމިޔާބުވެދާނެ ޕްރޮގްރާމެއްކަމަށް ފުރަތަމަ ޔަގީން ނުކުރެވެއެވެ.

ލެގަސީ ފިޓްނެސްގެ ސީއީއޯ ރިޔާ އަދި މެނޭޖިންގ ޑައިރެކްޓަރ ރިޔާޝް

" ވަރަށް އުފާވި ކާމިޔާބުވީމަ. އެންމެ ބޮޑަށް ބަދަލުކުރަން އުދަގޫވީ ބައްޕަގެ ލައިފްސްޓައިލް. އެއީ ބިޒީކޮށް އުޅޭތީ އަތުގައިޖެހުނު އެއްޗެއް ކެވިފައި ގިނަފަހަރަށް އޮންނާނީ. ބޭނުންވި ވަރަށްވުރެ ބޮޑަށް ޕްރޮގްރެސް ފެނިއްޖެ" ރިޔާޝް

މިޕްރޮގްރާމްގައި އެންމެކައިރިން މަސައްކަތްކުރި ރިޔާގެ ދެވަނަ ދަރިފުޅު ރިފާޝް ބުނެފައިވަނީ ބޭނުމިއްޔާ ކޮންމެމީހަކަށްވެސް ހަށިގަނޑަށް ބަދަލުގެނެވިދާނެ ކަމަށެވެ.

 " އެންޖަރީއެއްވިއަސް، ބިޒީވިއަސް، ބައްޕައެއްވިއަސް ކާފައެއްވިއަސް ދިރިއުޅުމުގައި ކިތަންމެ މަސައްކަތެއް ކުރަމުންވިއަސް އުޅެފިއްޔާ ވާނެ. ލެގަސީ އިން މިތިބީ އެހީތެރިވާން އެންމެންނަށް". ރިފާޝް

ފިޓްނެސް ދާއިރާއިން ކުރިއަށްދިއުމަށް އަންހެނުންގެ އިތުރަށް 3 ދަރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ދަނީ ލިބެމުން

ލެގަސީ ފިޓްނެސްގެ ކަސްޓަމަރުންގެ އަދަދު ވަނީ 10،000 އަށް އަރާފައެވެ. 'ލައިވް' ކަސްޓަމަރުންވެސް 500 އަށްވުރެ ގިނައެވެ. ތަފާތު އުމުރުތަކުގެ މީހުން ދުޅަހެޔޮކަންމަތީ ތިބުމަށް ކަސްރަތުކުރަން ލެގަސީ ފިޓްނެސްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަތީޖާއާއި ހަމައަށް ވާސިލުވެވޭނީ ހިތްވަރެއް ހުރެގެންނެވެ.

ބަނޑުހިންދާލުންފަދަ ޚާއްސަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލެގަސީ ފިޓްނެސްއިން ވަނީ ހުޅުވާލާފައެވެ. އެކަމަކު މިޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހަށް ފަހުގައެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ސޯޝަލް މީޑިއާގެ ލެގަސީ ފިޓްނެސް ޕޭޖަށް މެސެޖުކުރެވިދާނެއެވެ. 

+1
0
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް