އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން 2025 އަށް ރެޖިސްޓަރ ވުމުގެ ސުން ގަޑިއަކީ މިރޭ 23:59 އެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ހިތްގައިމު މަޖާ އަދ އާއިލާ އާއި ރައްޓެހިންނާއިއެކު ބައިވެރިވެ ގުޅުން ބަދަހި ކުރުމަށް ރަނގަޅު ހަރަކާތެކެވެ. އައްޑޫސިޓީގެ މަގުތަކުން ކުލައާއި އުފާވެރިކަމާއި ހަކަތަ ގެނެސްދޭނެ އީދެކެވެ. އުރީދޫ ފަން ރަން އަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފަވެރި 5ކޭ ދުވުމެވެ.
ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހިމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތަކަށް ފަރުމާކުރެވި އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެއެވެ.
މި އިވެންޓުގެ ޖާގަ ކަށަވަރު ކުރުމަށް 15 ޖޫން 2025 ގެ 23:59 ކުރިން ބައިވެރިން ރަޖިސްޓްރީވުމަށް އުރީދޫއިން ވަނީ ހަނދާންކޮށްދީފައެވެ.
ސްޓޭންޑަޑް ކިޓް: 110 ރުފިޔާ (ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް)
ފަން ކިޓް: 210 ރުފިޔާ (ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ދަބަސް، އައިގްލާސް، ބަނޑާނާ)
އުރީދޫ ފަން ރަން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ.
ރަޖިސްޓްރީ ކުރުމަށް ore.do/funrunaddu