June 15, 2025 21:59
Advertisement

-Advertisement-

އިޒްރޭލުގެ ޑިފެންސް ސިސްޓަމް 'އަޔަން ޑޯމް' ފެއިލްވީތަ؟

"އަޔަން ޑޯމް" ޑިފެންސް ސިސްޓަމަކީ 2011 އިން ފެށިގެން އިޒްރޭލުން ބޭނުން ކުރަމުން އަންނަ ދިފާއީ ނިޒާމެކެވެ. މިއީ އާންމުކޮށް ކުރު ރާސްތާގެ ހަމަލާތަކުން އެގައުމު ރައްކާތެރި ކޮށްދޭ ސިސްޓަމެކެވެ. އޭގައިވާ ރާޑަރު ސިސްޓަމުން އިޒްރޭލުގެ ސަރަހައްދަކަށް މިސައިލެއް އަމާޒުވުމާއެކު އޭގެ ނުރައްކާތެރި މިންވަރު ދެނެގަނެ އެސިސްޓަމުގެ މިސައިލެއް ވައިގެ ތެރެއަށް ފޮނުވައިގެން  ގޮއްވާލާ ނިޒާމެކެވެ. މި ޑޯމް ސިސްޓަމުން އެއްފަހަރާ 20 މިސައިލް ފޮނުވާލެވޭނެއެވެ. އިޒްރޭލުގެ ކޮންމެ ސަރަހައްދެއްގައި 3 ނުވަތަ 4 ޑޯމް ހުރެއެވެ. ބެޓެރީ ބޭނުންކޮށްގެން މަސައްކަތް ކުރާ މި ސިސްޓަމަށް ބޭނުންވާ 10 ބެޓެރީއެއް އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރެއެވެ.

މިއީ އެންމެ ރަނގަޅު ސިސްޓަމެއް ނޫން ކަމަށް އިޒްރޭލުން ވަނީ އެއްބަސްވެފައެވެ. ސަބަބަކީ ގިނަ އަދަދެއްގެ ރޮކެޓް ފޮނުވައިފިނަމަ، މިސިސްޓަމަށް ނުހުއްޓުވި ރޮކެޓްތަކާއި މިސައިލްތައް ބިމުގައި ޖެހުން ހިމެނެއެވެ.

އިޒްރޭލުން އިރާނަށް ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިރާނުން ދެމުންދާ މިސައިލް ހަމަލާތަކުގައި ވޭތުވެދިޔަ 2 ދުވަހުވެސް ވަނީ އިޒްރޭލުގެ ބައެއް އިމާރާތްތައް ބިމާއި ހަމަކޮށްފައެވެ. އިރާންގެ ހަމަލަތަކާއެކު އިޒްރޭލު ވަނީ ބިރުވެރިކަމަކަށް ވެއްޓިފައެވެ. އެތައް މިލިއަން މީހުން ދަނީ ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައެވެ. އިޒްރޭލުގެ ތެލް އަވީވަށް ދިން ހަމަލާތަކުގައި ވަނީ ގިނަ އަދަދެއްގެ މީހުން މަރުވެ އެތައްބަޔަކު ޒަހަމްވެފައެވެ. އިޒްރޭލުން ދަނީ އިރާނަށް ވެސް ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ.

Advertisement
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް