June 14, 2025 10:32
Advertisement

-Advertisement-

ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ ނަން މަޝްހޫރު މީހުން ކޮޕީ ކުރުންވަނީ ޢާންމު ކަމަކަށް ވެފައި- ހުކުރު ޚުޠުބާ

ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުމެވެ. ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. އަދި ސާލިޙުންގެ ޢަލާމާތެކެވެ. އެ ސިފައިގެ ސަބަބުން ޝަރަފުވެރިންގެ ޝަރަފު އިތުރުވެއެވެ. އަދި ނަސްރުވެރިންނަށް ނަސްރު ލިބެއެވެ. ހަމަ އެފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހެއެވެ. އަދި އެ ސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވަތެވެ. އަދި އެސިފައިގައި ހިފަހައްޓައިފި މީހާއަށް އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި ބާއްޖަވެރިކަން ދެއްވައެވެ.

ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާކަމެކެވެ. އަދި އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެކެވެ. މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި އުމުރު ފުރާތަކަށާއި އެކިއެކި ގިންތިތަކަށާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް ބޮޑުމީހެއް ނުވަތަ މުއްސަންޖެއް ފަޤީރެއް ނުވަތަ ޢަރަތްބެއް ޢަޖަމީއެއް ނުވަތަ ކަޅުމީހެއް ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތު ވަނީ ހަމައެކަނި އެމީހެއްގެ ތަޤްވާވެރިކަމާއި ހެޔޮޢަމަލުންނެވެ.

ތަވާޟުޢުވެރިކަން އޮންނާނެ ޖެހެނީ ކޮންކަމެއްގައި ހެއްޔެވެ؟ އަދި ކޮންބަޔަކަށް ހެއްޔެވެ؟ އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތް ﷲ އަމުރުކުރެއްވި ކަންތައްތައްކޮށް އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށެވެ. ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތް ﷲ ގެ މަތިވެރިކަމާއި 'ޖަލާލު' ވަންތަކަމާއި، 'ކިބްރިޔާއު' ވަންތަކަމާއި 'ޢިއްޒަތް' ވަންތަކަމަށެވެ. ތިންވަނައީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުމެވެ. މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ ނަން މަޝްހޫރު މީހުން ކޮޕީ ކުރުންވަނީ ޢާންމު ކަމަކަށް ވެފައެވެ. ޚާއްސަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މިކަން ވަނީ ރީތި ކަމެއްކަމުގައި ވެފައެވެ.

Advertisement

ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅު އަޑުއައްސަވާށެވެ. މާނައީ: " ފިރިހެނަކު ބޮޑާކަމާ އެކު އޭނާގެ އިޒާރު (ހެދުން) ބިންމަތީ ދަމަމުން ދަނިކޮށް އޭނާމ ބިމުގެ އަޑިއަށް ގަންބަވައިގެންފިއެވެ. ފަހެ ޤިޔާމަތާ ހަމަޔަށް އޭނާ ބިމުގެ އަޑިއަށް ގެނބިގެނބި ހުންނާނެތެވެ".

މުސްލިމް އަޚުންނޭވެ. މާތްﷲ އަށް ބިރުވެތިވެ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ޙަޟްރަތަށް ތަވާޟުޢުވެރިވާށެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
1
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް