June 6, 2025 14:09
Advertisement

-Advertisement-

ބިލުގެ ހަޤީޤީ ފަރަގު ސާފުވާނީ ޑިސެންބަރު ނުވަތަ ޖެނުއަރީގެ ބިލާއި އައު ބިލާއި އަޅާކިޔުމުން- ސްޓެލްކޯ

އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއިމަހުގެ ބިލް ހެދުމުން ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓް ދީފައިވާތީ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

" އައު ޓެރިފް ރޭޓާއެކު ކަރަންޓް ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް)ގެ ކުރިން އެ ގޭބީސީއަކަށް ބިލް ކޮށްފައިވާ ބިލާއި އަޅާ ކިޔުމުން. މިގޮތުން ޑިސެންބަރު 2024 ނުވަތަ ޖެނުއަރީ 2025ގެ ބިލާއި އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާކިޔުމުން  ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ". ސްޓެލްކޯއިން ހާމަކުރިއެވެ.

ކަރަންޓު ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް، މި ޖޫން މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، ކުޑަކޮށްދެއްވައި، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓްގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

Advertisement

އަގުހެޔޮ ކުރެވުނު ކަރަންޓް ބިލު އައުމާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުންގެ އުދާސްތައް ހިއްސާކުރިތަން ވަނީ ފެނިފައެވެ. މިގޮތުން ބިލު ކުޑަނުވާކަމަށް ބައެއް މީހުން ބުނެފައިވާއިރު، ކަރަންޓް ބިލާއި ގުޅޭ މައުލޫމާތު ހޯދުމަށް ނުވަތަ ބިލްތަކާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ސްޓެލްކޯގެ ކޮންޓެންޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި ސްޓެލްކޯގެ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ކިއުއާރު ކޯޑު ސްކޭން ކުރުމަށްވެސް ވެސް ވަނީ އެދިފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް