އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ނުވަތަ ފުރުސަތުތަކެއް ވަނީ އިއުލާން ކޮށްފައެވެ. ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި ޢީދުގައި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ. ތިރީގައި މިވަނީ ޢީދަށް ޚާއްސަ އޮފާތަކެވެ.
- ހިލޭ ޓިކްޓޮކް
އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި ޢީދުގައި އުފަލާ މަޖާ ޓިކްޓޮކް ހިއްސާކުރެވިދާނެއެވެ.
- ސުޕަރނެޓް ގޭމަރ 100 އެޑް-އޮން
ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ސްޕީޑް ބޫސްޓަރއެއް ލިބޭނެއެވެ. 100 އެމްބީޕީއެސް ސްޕީޑް، 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށެވެ. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާއެއެވެ.
1 ދުވަހަށް 125 ޖީބީ ލިބޭ މި ޕެކްގެ އަގަކީ 75 ރުފިޔާއެވެ.
- ވެލިއު ޝެއާ ޕެކް - 100 ޖީބީ
މި ޢީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކް އެކެވެ.
މިއީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ އެވެ.
- މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ
މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 އެވެ.
- އާޗާ ޕްލޭންއަށް އީދު ހަދިޔާ
އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.
އަޟްހާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އުރީދޫ އަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭއެވެ.