June 3, 2025 10:21
Advertisement

-Advertisement-

ކަރަންޓް ކެނޑުނުތާ 5 ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓް ދެވިއްޖެ- ސްޓެލްކޯ

މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުގައެވެ. ކަރަންޓް ކެނޑުނު ފަހުން ސްޓެލްކޯގެ ޓީމުން ކުރި މަސައްކަތުން އެންމެ ފުރަތަމަ ކަރަންޓް ދީފައިވަނީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށެވެ. އެއަށްފަހު މައްސަލަ ހައްލު ކުރެވެމުންދިޔަ މިންވަރުން ދިޔައީ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންނެވެ. 

މުޅި މާލެ ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުން ކުރަމުން އަންނައިރު މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭވަރުވީ ކަރަންޓް ކެނޑުނުތާ 5 ގަޑިއިރު ފަހުންނެވެ. އެއީ އިރުއޮއްސި 6 ޖެހި ފަހުންނެވެ. ކަރަންޓް ނުދެވި ލަސްވީ ގްރޭޓާ މާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށެވެ. މި ޗެކަޕްތައް ނިމުމުން މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރު ސެޓުތައް އެނަރޖައިޒްކޮށް މާލޭގެ އިތުރުން ހުޅުމާލޭގެ ބޮޑުބަޔަކަށް ވަނީ ކަރަންޓް ދީފައެވެ.

Advertisement

" ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމާއެއް ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމާއެއް ވަނީ އެނަރޖައިޒް ކުރެވިފައި. މިދެންނެވި ޓްރާންސްފޯމާ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ކަރަންޓް ނުލިބޭ ކަސްޓަމަރ އެއް ހުރިނަމަ އެމަޖެންސީ ނަންބަރު 104 އަށް ގުޅުމަށް އެދެން". މިއަދު އިރުއޮއްސުނުއިރު ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓް ދިއުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ. ކަރަންޓް ދިއުމާއި ގުޅިގެން ސްކޫލުތަކުގެ މެންދުރުފަހު ދަންފަޅީގެ ކިޔެވުން ބަންދުކުރިއިރު އުސް އިމާރާތްތަކުން ފޭބޭނެ ގޮތެއް ނެތިފައި އެތައްބަޔަކު ގިނައިރުވަންދެން ތިބެންޖެހުނެވެ. މީގެތެރޭގައި ހުޅުލާމެ ފޭސް 2 ގެ ހިޔާ ފުލެޓުތަކުގެ މަތީފަންގިފިލާތަކުގައި އުޅޭ މީހުން ހިމެނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް