May 23, 2025 06:21
Advertisement

-Advertisement-

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025: ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ސްޓެލްކޯ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ސޯޝަލް ސެންޓަރގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެކި ދާއިރާތަކުން ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ދެއްވާފައެވެ.

ރައީސް ޑރ. މުޢިއްޒު އަދި ސްޓެލްކޯގެ އެމްޑީ ފަހުމީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ ލިބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އަށެވެ.

ސްޓެލްކޯ އިން މި އެކްސްޕޯގައި ބައިވެރިކޮށްފައިވަނީ ރިޖަނަލް ސްކާޑާ ނަމުން ނަންދެއްވިފައިވާ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތްދޭ ރަށްތަކުގައި ކަރަންޓު އުފެއްދުމުގެ ކަންތައްތައް ބެލެހެއްޓުމަށް ތަރައްޤީކުރި ނިޒާމެވެ. މި ނިޒާމުގެ ސަބަބުން މައްސަލަތައް ހައްލުކުރުމުގައި ހަރުދަނާކަމާއެކު މަސައްކަތްކުރެވޭނެކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. ރޭވުމެއްނެތި ކަރަންޓް ކެނޑޭ ވަގުތު މަދުކުރެވި ކުރިމަގުގައި ބޭނުންވާނެ ކަރަންޓުގެ މިންވަރު ސައްހަކަމާއެކު ރާވާލެވޭނެކަމަށްވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް