May 23, 2025 06:10
Advertisement

-Advertisement-

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި 383 ފަރާތަކުން ވަނީ ބައިވެރިވެފައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މައުރަޒުގައި ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިރޭ ޝަރަފުވެރި ކޮށްދެއްވައިފައެވެ. ސޯޝަލް ސެންޓަރ ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދި 5 ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.

ރަން ވަނަ (މުޅި މައުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން) ހާސިލްކުރެއްވި ފަރާތްތަކަކީ:
ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
އަބުޑީ މޯލްޑިވްސް
މޯލްޑިވްސް ޕޮލިޓެކްނިކް
މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
ޢަލީ މާހިރު

Advertisement

އެކި ދާއިރާތަކުން 1 ވަނަ ހާސިލްކުރި ބައިވެރިންގެ ތެރޭގައި ހިމެނެނީ:

އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ

ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް

ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި

ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް

މުޅި މަޢުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

 

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024ގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް