May 22, 2025 07:57
Advertisement

-Advertisement-

އުރީދޫ ނޭޝަންއިން ފުރަތަމަ ފަހަރަށް އިންޓަރ ކޮލެޖް އީސްޕޯޓްސް ޓޯނަމެންޓެއް ބާއްވަނީ!

އުރީދޫ ނޭޝަންއިން ފުރަތަމަ ފަހަރަށް  އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޓޯނަމެންޓެއް ބާއްވަން ނިންމައިފިއެވެ. މިގޮތުން ވަނީ އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ. މިމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ  ތިން އީސްޕޯޓް ޓައިޓަލް ކަމަށްވާ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.

މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ. އުރީދޫ ނޭޝަންގެ މި އިސްނެގުމަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތެކެވެ.

ގޭމް ޓައިޓަލްސް އަދި ބައިވެރިވުމުގެ މައުލޫމާތު:

Advertisement

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-mlbb

ޕަބްޖީ މޮބައިލް

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-pubgm

އީއޭއެފްސީ 25

މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)

ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން

ރަޖިސްޓްރޭޝަން: ore.do/inter-college-eafc

ރަޖިސްޓްރީކުރުމުގެ ސުންގަޑި: 25 މެއި 2025، 23:59

ފީ: ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ

ކޮލެޖުން ތަމްސީލްކުރާ ލިޔުން

ކޮލެޖް ލޯގޯ

ޓީމުތަކުން ރަޖިސްޓަރ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެއެވެ.

މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް  ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ.

މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެއެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް