May 3, 2025 01:03
Advertisement

-Advertisement-

އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމް ކުރައްވަތެވެ!- ހުކުރު ޚުޠުބާ

ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ ކަލާމްފުޅުގައި އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށެވެ. އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވައިފައެވެ. މާތް ﷲގެ މަތިވެރިކަމަށާއި އެކަލާނގެ ޒާތުފުޅަށްޓަކައި އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމަށާއި ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށެވެ.

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެއެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި ތަންދޮރު ނުދަނެ ތިބެ ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށްވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި ފަސާދައާއި އިލްޙާދަށް ގޮވައިލައި މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ!

ﷲ ތަޢާލާއީ ރަޙީމުވަންތަ މީސްތަކުންނަށް ރަޙުމުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުތަކުންކުރެ އެކަލާނގެ ރަޙުމުކުރައްވަނީ މީސްތަކުންނަށް ރަޙުމުކުރާ މީހުންނަށެވެ. އެކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ގިނަގިނައިން ވަންހަނާކޮށްދެއްވާ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ.

Advertisement

" އެކަލާނގެއީ އަޅުތަކުން ޢުޛުރު ޤަބޫލުކުރައްވާ، އަޅުތަކުންގެ ޢުޛުރު ޤަބޫލުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. މި ސިފަތައް ހުރިނެތް ގޮތެއްގެ މައްޗަށް އަޅުތަކުންނަށް ޖަޒާދެއްވައެވެ. މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީޙަތްކުރައްވާ ހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހުރޫމް ކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާ ހުއްޓެވެ. އެހެން މީހަކަށް މަކަރުހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާ ހުއްޓެވެ. އަޅާ މީހަކާ މުޢާމަލާތުކުރާ ގޮތަކަށް ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ އޭނާއާ މުޢާމަލާތު ކުރައްވާހުއްޓެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް