ޑައިވިން އަށްފަހު ކަރުންތިރީގެ ވާގި ދިޔަ ޒުވާނާގެ ފަރުވާއަށް އެދެނީ އާންމުންގެ އެހީއަށް!

ޖުލައިމަހުގެ 11 ވަނަ ދުވަހުގެ އިރުއަރައިގެން އައިއިރު އުމުރުން 30 އަހަރުގެ އަފްރާހް ފަރުހާދު (ގއ. ނިލަންދޫ) އޮތީ އެންދަމަން މޫދު އަޑީގައެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެއީ މަހަށް ދިޔަ ފުރަތަމަ ދުވަހެވެ. އެންދަމަން އަޑިއަށްދިޔައީ އެދުވަހުގެ ފަތިހު 05:40 ހާއިރުގައެވެ. 41 މީޓަރު އަޑިއަށް ދިޔައިރު، ޑައިވް އަށް ހޭދަވީ 39 ވަރަކަށް މިނިޓެވެ. ޑައިވިންއަށްފަހު މައްޗަށް އެރިއިރު މައްސަލައެއް ދިމާވެ 'ޑީކޮމްޕްރެޝަން ސްޓޮޕްތައް' ދެމެހެއްޓުމަށް މަސައްކަތް ކުރިނަމަވެސް ކޮންޓްރޯލު ނުކުރެވި ހަލުވިކަމާއެކު މައްޗަށް އަރައިގަނެވުނެވެ. […]