ޒީޓައިމްސް ބަދިގެ: ބޯވެލިފަތުބަތް (ސްޕިނެޗް ރެޑް ރައިސް)

މިއީ ވަރަށް ފަސޭހައިން އަދި އަވަހަށް ތައްޔާރުކޮށްލެވޭ، ހަށިގަނޑަށް ފައިދާހުރި މީރު ބަތްގަނޑެކެވެ. ​އާންމުކޮށް މި ބަތްގަނޑު ތައްޔާރުކުރަނީ ހުދު ހަނޑުލުން ކަމަށްވީނަމަވެސް، މިރެސިޕީގައި އަޅުގަނޑުމެން ބޭނުންކޮށްފައިވަނީ ސިއްޙީ ގޮތުން މާ ފައިދާހުރި ރަތް ހަނޑުލެވެ. މި ބަތްގަނޑަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ދަގަނޑުގެބައި (އަޔަން) ހޯދަން އުނދަގޫވާ މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ޚާއްސަކޮށް ވަރަށް ރަނގަޅު ކެއުމެކެވެ. މީގެ އިތުރުން، މި ރެސިޕީގައި ރަތް ހަނޑޫ ބޭނުންކޮށްފައިވުމުން، މިއީ ލޭގެ ހަކުރު ކޮންޓްރޯލްކޮށްދީ އިންސިއުލިން ރެސިސްޓެންސް […]