ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންގެތެރެއިން ޝަރުތުހަމަވާ ޒުވާނުންނަށް 150،000 ރުފިޔާގެ ފައިނޭންސިންގ ފެސިލިޓީއެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކުރީ މިއަދު އެވެ. މިފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. " މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެއް. ޝަރުތު […]
އިތުރު 7 ބްރާންޗު ހުޅުވައި ބީއެމްއެލްގެ ވިއުގަ 55 ބްރާންޗަށް

އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެތެރެއިން އިތުރު ހަތް ބްރާންޗުގެ ޚިދުމަތްފަށައި ބޭންކިންގ ވިއުގަ ފުޅާކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ބްރާންޗުތައް ހުރި ރަށްތަކަކީ: ހއ. ހޯރަފުށި ށ. ކަނޑިތީމު ރ. އަލިފުށި ޅ. ހިންނަވަރު އދ. މާމިގިލި ގއ. ގެމަނަފުށި ލ. މާވަށް މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން […]
