ބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ބީއެމްއެލްއިން މައުލޫމާތުދިންގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 އޮގަސްޓް 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، […]

މަލްޝާ: ކުޑަ ދެކުދިންގެ ޒިންމާ އަދާކުރަމުން މާސްޓަރސްގައި ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލުވިގޮތް!

އުމުރުން 29 އަހަރުގެ މަލްޝާ ޝަރީފް ގިނަ ބަޔަކަށް އެނގެނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސޯޝަލް މީޑިއާ ޓީމުގެ އެއް ތަނބުގެ ގޮތުގައެވެ. އަޅުގަނޑުގެ މި ރިޕޯޓުގައި ބަލާލަން ބޭނުންވަނީ މަލްޝާގެ ސިޔާސީ ވިސްނުމަކަށް ނުވަތަ ސޯޝަލް މީޑިއާގެ ހަރަކާތްތަކަށް ނޫނެވެ. އަޅުގަނޑަށް މަލްޝާ ފާހަގަވެފައިވަނީ ވަޒީފާ އަދާކުރަމުން ކުޑަކުޑަ ދެކުދިންނާއި އާއިލާގެ ޒިންމާ އަދާކުރަމުން ކިޔެވުމުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރެއްގެ ގޮތުގައެވެ. ބެޗްލަރސް އޮފް އާޓްސް ވިތް ބިޒްނަސް މެނޭޖްމަންޓް، މާރކެޓިންގ […]