ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮއްފިއެވެ. އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓްގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު […]
ލަހުން ނިދުމުގެ ނުރައްކާ: ފުރިހަމަ ނިދި ނުލިބުމަކީ ސިކުނޑިއަށް ދެވޭ ބޮޑު އަދަބެއް

ދުވާލުގެ ބުރަ މަސައްކަތްތަކާއި، ކިޔެވުމުގެ ގަޑިތަކަށްފަހު، އަމިއްލަ ނަފްސަށް ހުސްވަގުތުކޮޅެއް ހޯދުމަކީ ކޮންމެ ޒުވާނަކުވެސް އެދޭނެ ކަމެކެވެ. ނަމަވެސް، މި ހުސްވަގުތުކޮޅު ހޯދުމަށްޓަކައި ދަންވަރުގެ ފުރިހަމަ ނިދި ގުރުބާންކޮށް، ފޯނުގެ ފަނޑު އަލިކަމުގެ ތެރެއަށް ގެނބިފައި ތިބުން މިވަނީ ބޮޑު އާދައަކަށް ވެފައެވެ. ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "ރިވެންޖް ބެޑްޓައިމް ޕްރޮކްރަސްޓިނޭޝަން" ނުވަތަ ދުވާލު އަމިއްލަ ކަމެއް ކޮށްލަން ވަގުތެއް ނުލިބުމުގެ ބަދަލުހިފުމެއްގެ ގޮތުން ރޭގަނޑު ނިދި ފަސްކުރުމެވެ. މިގޮތަށް ކަނު އަނދިރީގައި ސްކްރީންތަކަށް ބަލަހައްޓައިގެން […]
