ފުލުހުންގެ ލޯންޗެއްގައި ޑިއުޓީގައި ހުރި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

"ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ރޭ ދަންވަރުގެ ވަގުތެއްގައި ގެއްލިފައިވާކަމަށާއި މިހާދިސާ ސަމާލުކަމަށް އައުމާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފުލުސް މިހާ ފެނުނީ މޫދު އަޑީގައި އޮއްވައިކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ މައުލޫމާތުދީފައެވެ. ނިޔާވެފައި އޮއްވާ ފެނުނީ ސީނިއާ ސާޖަންޓް އަހުމަދު އާސިފްއެވެ.  އާސިފްގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތުދީފައެެވެ.  " މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި […]