ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވީއައިއޭގައި ކާމް ރޫމެއް ހުޅުވައިފި

ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަސިންޖަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެކެވެ. ޓަރމިނަލް 1 ގައި މިއަދު ބޭއްވި ހަފުލާގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް […]
މާޒީގެ ހަނދާންތަކާއި ޒަމާނީ ދިރިއުޅުމުގެ ހަޤީޤަތް

އެއީ މާ ދުރު ނޫން މާޒީއެކެވެ. މީގެ ފަންސާހަކަށް އަހަރު ކުރިއަށް ބަލާއިރުވެސް، ދިވެހިންނަކީ ހަށިގަނޑު ވަރުގަދަ، ހީވާގި އަދި ދުޅަހެޔޮ ސިއްޙަތެއްގެ ވެރި ބައެކެވެ. ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮތީ ފަތިހާ ހޭލައިގެން ކުރި ބުރަ މަސައްކަތްތަކުގެ މައްޗަށެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ވަޑާންކުރުމާއި، ގެދޮރު ބިނާކުރުމުގެ ހުރިހާ ކަމެއް އަމިއްލަ އަތުން ކުރި ޖީލެކެވެ. ކެއުމުގައި ބޭނުންކުރީ ކަނޑުން ބާނާ ތާޒާ މަހާއި، ދަނޑުތަކުން ހައްދާ ކައްޓަލަ އާއި ބަރަބޯ ފަދަ ގިނައިރުން ހަށިގަނޑަށް ބާރުދޭ […]
