ފޮނިޔަމަސް އެނގެނީ ކިހާވަރަކަށް؟

ފޮނިޔަމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އެކަހެރިކޮންނާއި އައިން ހަދައިގެން ވަރަށް ގިނައިން އުޅޭ މަހެކެވެ. މި ބާވަތުގެ މަސް ހުންނަނީ ނިސްބަތުން ފަތިކޮށް ބޯމަތިން ކުޑަކޮށް އުފުލިފައެވެ. ތޫނު ބޮޑެތި ދަތްތަކެއް ހުންނައިރު މި ދަތްތަކުގެ އެތެރެއިން ކުދި ގިނަ ދަތްތަކެއް ހުރެއެވެ. އަދި މަހުގެ ކަންފަތްގަނޑު ކައިރީގައި ހުންނަ ކަށިގަނޑުގައި ވަޅުގަނޑެއް ގޮތަށް ކަނޑައިނެގުމެއް ފަދަ ބައެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. […]
