ސައިބަރ ބުލީންގ ސަލާމަތްކުރުމަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން ކުދިންނަށް މަނާކުރަނީ

'ސައިބަރ ބުލީންގ' އަކީ ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލަކަށްވާތީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ކުޑަކުދިން ހުށަހެޅިފައިވާކަން ފާހަގަކުރައްވާފައެވެ. އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން ކުދިން ރައްކާތެރިކުރުމަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. […]