ސިފައިންނާއި ފުލުހުން އަދި ކުންފުނިތައް ގުޅިގެން މާލެ ސަރަހައްދުގައި ކުލަގަދަކޮށް އަޟްހާ ޢީދު ފާހަގަކުރަން ފަށައިފި 

އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، މިއަދު ހަވީރު ފަށައިފިއެވެ. މިއީ ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.  ހަވީރު 16:00އިން 18:00އަށް މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު […]