ލާމަސީލު ދެމަފިރިން އިންޓަވިއު 4: އާމިނަތު ރަޝީދާ އާއި އަބްދުލްކަރީމް ޒާހިރު

އާމިނަތު ރަޝީދާގެ އުމުރުން 13 އަހަރުގައި ކައިވެނިކުރިއިރު، ކައިވެންޏަށް 70 އަހަރު ވީއިރުވެސް އެލޯތްބާއި އިހުތިރާމް ދެމިއޮތުމަކީ އާއިލާގެ ހިތްހަމަޖެހުމެވެ. ޒީޓައިމްސް އިން ގެނެސްދޭ ލާމަސީލު ދެމަފިރިންގެ އިންޓަވިއުތައް ސްޕޮންސަރ ކޮށްފައިވަނީ އެސްޓީއޯއިންނެވެ.
އަރާކުރި ސީރީސްގެ އިންޑިޔާ ދަތުރު: ދިއްލީގެ ޖަމާ މިސްކިތް

ދިއްލީގެ ޖަމާ މިސްކިތަކީ މުޅި އިންޑިޔާގައި ވެސް މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު މިސްކިތް ކަމަށް ބުނެވެއެވެ. މި މިސްކިތް ބިނާކުރައްވާފައި ވަނީ ތާޖުމަހަލް ވެސް ބިނާކުރެއްވި މަޝްހޫރު މޫގަލް އެމްޕަޔަރ ޝާހް ޖަހާން 1650 އާއި 1656 އާ ދެމެދުގައިކަމަށް ވެއެވެ. މިއީ ވެސް ހުދު މާބުލާއި ސްޓޯން ބޭނުން ކޮށްގެން ހަދައިފައިވާ ރީތި މިސްކިތެކެވެ. މި ފަދަ އެހެން މިސްކިތެއް ބާދުޝާހީ މަސްޖިދުގެ ނަމުގައި، ޕާކިސްތާނުގެ ލާހޫރުގައި ޝާހު ޖަހާންގެ ދަރިކަލުން އުރަންޒަންގުޒެބް ބިނާކުރައްވާފައި […]
