ގެއްލުނު 4 ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހެއް ނިޔާވެއްޖެ

ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެއެވެ.  އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެމީހެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް އެމްއެންޑީއެފްއިން ހާމަކުރީ މިއަދު މެންދުރުފަހުގެ 3 ޖެހިއިރު އެވެ. އޭގެ 43 މިނިޓްފަހުން ވަނީ އެމީހާ ނިޔާވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައެވެ.   […]