ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން - ރައީސް

ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ. އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. އަދި ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ […]
އަރާކުރި ސީރީސްގެ އިންޑިޔާ ދަތުރު: ރެޑް ފޯޓް މިއީ ރީތި ބިނާއެއް

އަޖްނާމެން ދިޔައީ ދިއްލީގައި ހުންނަ "ރެޑް ފޯޓް" ބަލާށެވެ. އެއީ ވެސް އިންޑިޔާ މީހުން އެ ތަނަކާމެދު ފަޚުރުވެރިވާ އެމީހުންގެ ރަމްޒީ ރީތި ބިނާއެކެވެ. މި ރެޑް ފޯޓް ނިސްބަތް ވަނީ އިންޑިޔާގެ މަޝްހޫރު އިސްލާމިކް މޫގަލް އެމްޕަރ އަށެވެ. އެތަނަކީ 25،000 މީހުނަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ ވަރަށް ބޮޑު ރީތި އާސާރީ ބިނާއެކެވެ. ރެޑް ފޯޓް ބިނާކޮށްފައި ވަނީ ވެސް އެމްޕަޔަރ ޝާހު ޖަހާނައެވެ. ރެޑް ފޯޓް އެ ހުންނަނީ ދިއްލީގައި އެންމެ ފުރަތަމަ […]
