އުފާވެރި ދިރިއުޅުމަކަށް ހަސަދައާއި ނަފްރަތުން ދުރުހެލިވުން

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހިތުގެ ހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަމެވެ. އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހިތް ސާފުކުރުމެވެ. މި މަގަށް ހުރަސްއަޅާ އެންމެ ނުރައްކާތެރި ދެ ސިފައަކީ ހަސަދަވެރިކަމާއި ނަފްރަތެވެ. ހަސަދައާއި ނަފްރަތަކީ ކޮބާ؟ ހަސަދައަކީ މީހަކަށް ލިބިފައިވާ ނިޢުމަތެއް ނެތިދިއުމަށް އެދުމެވެ. ނުވަތަ އެނިޢުމަތެއް އެމީހަކަށް ލިބުމުން އެކަމާ ހިތްހަމަނުޖެހި، އެކަމުގެ ހިތްދަތިކަން އަމިއްލަ ނަފްސަށް އިހުސާސްވުމެވެ. ނަފްރަތަކީ މީހަކާ މެދު ހިތުގައި އުފެދޭ ވަރުގަދަ ނުރުހުމާއި، އެމީހަކަށް […]