ބީއެމްއެލްގެ ކަސްޓަމަރުންނަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައަޅަނީ

އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ވަނީ ނިންމައިފައެވެ. އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތައަށް ވުރެ  މަދު އަދަދެއް ކަމަށާއި މިއީ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތައްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި […]

އަރާކުރި ސީރީސްގެ 'އިންޑިޔާ ދަތުރު' (އެއްވަނަބައި)

މިފަހަރު މި ގެނެސްދެނީ އަރާކުރި ސީރީސްގެ 12 ވަނަ އަދަދެވެ. ނަމަކީ "އިންޑިޔާ ދަތުރު" އެވެ. މި ފޮތް މިގެނެސްދެނީ އެކި ދުވަސްތަކަށް ބަހައިލައިގެންނެވެ. މި ފޮތުގައި އަޖްނާގެ އާއިލާ އިންޑިޔާގެ ކަންކޮޅުތަކަށް ކުރި ދަތުރާ ބެހޭ މަޢުލޫމާތާއި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައިވާނެއެވެ. ކޮންމެ އަހަރަކު ވެސް ސްކޫލުގެ ކިޔެވުން ބަންދުވުމުން ބޮޑު ޗުއްޓީގައި، އަޖްނާގެ އާއިލާ ރާއްޖޭގެ ކޮންމެ ވެސް ރަށަކަން ނުވަތަ ރާއްޖޭން ބޭރު ކޮންމެވެސް ގައުމަކަށް ޒިޔާރަތްކުރެއެވެ. އެ ގޮތުން އަޖްނާމެންގެ އާއިލާ […]