ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރާނީ ދަތުރުފަތުރަށް ފަސޭހަ، މޫސުމީ ހާލަތްތަކަށް ވިސްނައިގެން- ކޮމިޓީ

ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށާއި ފިއުލް ސްޓޯރޭޖް ގާއިމުކުރާނީ ދަތުރުފަތުރަށް ފަސޭހަ އަދި މޫސުމީ ހާލަތްތަކަށް ވިސްނައިގެން ކަމުގައި ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަނގުރާމައިގެ ހާލަތު ދިވެހިސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ކޮމިޓީއިން ވަނީ ވިދާޅުވެފައެވެ.  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، އެ […]