ހޫނުގަދަ ދުވަސްވަރު ނަގާ ބިހި ރަނގަޅުކުރުމަށް ދެވިދާނެ ފަރުވާ!

މިއީ ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. ހޫނުގަދަ ދުވަސްވަރު ބިހި ނެގުމަކީ ބައެއް މީހުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ހޫނު ބިހި އާންމުކޮށް ނަގަނީ ކަނދުރާއާއި އަތްދަށުގައެވެ. ހޫނުބިހި ނަގަން ދިމާވަނީ މާބޮޑަށް ހޫނުދުވަސްވަރު އަވީގައި އުޅުމާއި ހެދުން އަޅާއިރު ހޫނުކަން އިހުސާސްވާފަދަ ފޮތިން ފަހާފައި ހުންނަ ހެދުން ގިނައިރުވަންދެން ލައިގެން އުޅުމުންނެވެ. ގިނަފަހަރަށް ހޫނުބިހި އެއީ މާބޮޑު ފަރުވާއެއް ނުދިނަސް ރަނގަޅުވާ އެއްޗެކެވެ. އެކަމަކު ދާހިއްލައި ފޯވެ ގިނައިރުވާނަމަ ހޫނުބިހި ރަނގަޅުވާން ގިނަދުވަސް ހޭދަވެއެވެ. އޮއިންޓްމެންޓް ކެލަމިންލޯޝަން […]