ބުލީ ކުރުން ހުއްޓުވަންޖެހޭ، މިއީ ނުރައްކާތެރި ހަތިޔާރެއް!

ބުލީގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވޭ ކޮންމެ ފަހަރަކުވެސް އެތައްބައެއްގެ ކަންބޮޑުވުމުގެ މެސެޖުތައް ފެނެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ބުލީގެ ޝިކާރައަކަށް ވެފައިވާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން އުޅޭއިރު ބުލީއާއި ދެކޮޅަށް އެންމެން ނުކުންނަންޖެހެއެވެ. ޚާއްސަކޮށް އަމިއްލަ ދަރިންނަށް ބުލީ އަކީ ކޮބައިކަމާއި އެހެން މީހުންނަށް ބުލީ ކުރުމުން ދިމާވެދާނެ ހިތްދަތިގޮތްތައް ކިޔައިދޭންޖެހެއެވެ. އަދި މީހަކު ބުލީކޮށްފިނަމަ އަމިއްލަ ނަފުސުގެ ދިފާޢުގައި ތެދުވާން ދަސްކޮށްދޭންޖެހެއެވެ. ބުލީ އަކީ ހީކުރާވަރަށްވުރެ ނުރައްކާތެރި ހަތިޔާރެކެވެ. ކިހިނެއް ކުރިމަތިލާނީ؟ ބުލީކުރާ […]
