ފޮޓޯ: ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

ތ. ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް ސަރުކާރުން ފެށި މަޝްރޫއު ނިންމާލައިފިއެވެ. ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ފެށީ 12 މާރިޗު 2026 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ 4 އޭޕްރިލް […]

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން އަމީނިއްޔާ ސްކޫލުގައި "އައިވޮންޑަރ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަރައްގީކުރި ކުލާހެކެވެ. އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. ބީއެމްއެލްއިން މައުލޫމާތުދިންގޮތުގައި މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު […]

ވާހަކަ: އިހާ (ސާދަވަނަބައި)

އަޔާން ފޯނުގައި ހުއްޓާ ބާރު އަޑުފަށްގަނޑެއް އިވުނެވެ. ހީވީ މުޅި ރަށްވެސް ގުޑައިގެން ދިޔަހެންނެވެ. އެމީހުން ތިބި އިމާރާތުގެ ކުޑަދޮރުތައްވެސް ފުނޑުފުނޑުވެގެން ފޭބިއެވެ. މީހުންތައް ހަޅޭއްލަވައި ގަތެވެ. އަޔާން ފޯނު ކަނޑާލިއެވެ. އޭނާ ހަނދާނަށް އައީ ސްކޫލުގައި އުޅުނު އިރު ހިނގި ހާދިސާއެވެ. ސަލްޓަންޕާކުގައި ގޮވި ބޮމެވެ. ވީނުވީއެއް ބެލުމަށް މިއަދުވެސް އޭނާ ދުވެފައި އެތެރެއަށް ދިޔައެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ އޭނާއަށް އެންމެ އެތެރެއަށް ވަނުމުގެ ފުރުސަތު ލިބުމެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އެކަކަށްވެސް […]