އަނބުޅަ: ރަހަމީރު ފައިދާހުރި މޭވާއެއް

އަނބުޅައަކީ އަނބަށްވުރެ ކުދި އަނބާއި ވައްތަރުގޮތަކަށް ހުންނަ ހުތްމޭވާއެކެވެ. ދޮންވީމަ ލާނީ ހުތްފޮނި ރަހައެކެވެ. އާންމުކޮށް ހޫނުސަރަހައްދުގައި ހެދޭ މިގަހުގައި ގިނައަދަދަކަށް އަނބުޅަ ނުކުމެއެވެ. މިއީ ދިވެހިރާއްޖޭގައި ވެސް ބައެއް ރަށްރަށުގައި ހައްދަމުން އަންނަ ގަހެކެވެ. ތޮށިމަށައިގެން ކެއުމަށް ބޭނުންކުރާ އަނބުޅައިގެ އޮށުގެ ވަށައިގެން ނަރުތަކެއް ހުރެއެވެ. އަސާރަ އެޅުމަށްވެސް ބައެއް ގައުމުތަކުގައި އަނބުޅަ ބޭނުންކުރެއެވެ. އަނބުޅަ ފެހިކުލައަށް ހުންނައިރު ވަރަށް ހުތްރަހަގަދަވާނެއެވެ. ރީނދޫ ނުވަތަ އޮރެންޖުކުލައަށް ތޮށި ބަދަލުވުމުން މީރު ހުތްފޮނިރަހައެއް ދޭނެއެވެ. އަނބުޅައިން ލިބޭ […]
