ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން 1224 ހައުސިންގ ޔުނިޓު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓު ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ހައުސިން ޔުނިޓު މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. މިރަސްމިއްޔާތު ކުރިއަށްގެންދިޔައީ، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައެވެ. ބީ.އެމް.އެލްގެ 1224 ހައުސިން ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގް […]