ވާހަކަ: އިހާ (ނުވަވަނަބައި)

ރާނިޔާއަށް ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. އޭނާއަށް ތެޅިގަނެވުނެވެ. މިއީ އޭނާއަށް ދުވަހަކުވެސް ވީގޮތެއް ނޫނެވެ. އޭނާ ލަދުންގޮސް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އަޔާންދެކެ ވަރަށް ލޯބިވެއެވެ. ކޮންމެ ސިކުންތެއް އަޔާނަށް އިންތިޒާރު ކުރެއެވެ. ނަމަވެސް އަޔާން އޭނާއާއި ސަމާސަ ކުރަނީއެވެ. އަޔާން އޭނާދެކެ ތެދުވެރި ލޯބި ވާނެހެއްޔެވެ؟ އެކަހަލަ ނިކަމެތި ކުއްޖަކު ބަލައިގަންނާނެ ހެއްޔެވެ؟ މިއީ ވަގުތީ ކަމެކެވެ. މާދަންވެސް އޭނާ ފުރައިގެން ދާއިރު ރާނިޔާ ބާކީވާނެއެވެ. އެކަނިވެ ނިކަމެތިވާނެއެވެ. "އަހަރެން ބޭނުން ރާނީއާއި ކައިވެނިކުރަން." […]
