ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް

ފިތުރުޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބާއްވަމުންދާ "ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. މިއަދު ހަވީރު، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒުގެ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް އަދި ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ މި […]
ޢީދު ހަވީރު 1447 ގައި އެމްއޭސީއެލްއިން އިންތިޒާމުކުރާ ޒޫޓޯޕިއާ ތީމްގެ ކުޅިވަރު ހަރަކާތްތައް

'ޢީދު ހަވީރު 1447' ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިންތިޒާމުކުރާ ޒޫޓޯޕިއާ ތީމްގެ ކުޅިވަރު ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށްގެންދާ "ޢީދު ހަވީރު 1447" ފެސްޓިވަލް 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. "ޢީދު ހަވީރު 1447" ފެސްޓިވަލްގައި އެމް.އޭ.ސީ.އެލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން […]
