ތަފާތު ކުލަތަކަކުން ޖަރީވެފައިވާ ފަރިހަރަކާތްކޮށް އުޅޭ ފަތްމިނި ހިކާ ދެކުނިންތަ؟

މިބާވަތުގެ ހިކާ އަކީ އާންމުކޮށް ފީނާއުޅޭ މީހުންނަށް ފެންނަ ފަރި ހަރަކާތްތަކެއް ކޮށްއުޅޭ ބަލާލަން ވަރަށް ރީތި އެކި ކުލަތަކަކުން ޖަރީވެފައިވާ މަހެކެވެ. މަހުގެ ކޮތަރިބަޔާއި ނިގޫފަތުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިބާވަތުގެ ފިރިހެން ހިކާ އަބަދުވެސް އުޅޭނީ ހަތަރު ވަރަކަށް އަންހެން ހިކާއެކުގައެވެ. އާންމުކޮށް އުޅެނީ ފަރުތަކުގެ ބޭރުގައި ވިހި މީޓަރަށްވުރެން ފުން ސަރަހައްދުތަކުގައެވެ. މި މަސް އެންމެ ބޮޑުވަނީ ތިން އިންޗިއަށް ކަމަށްވެއެވެ. މިބާވަތުގެ މަހުގެ ބުރަކަށިމަތީ ކޮތަރިބައި އުސްކޮށް ހުންނަ ކައްޓެއް ހުންނައިރު […]