ބިސް ދޮވުމަކީ ރައްކާތެރިކަމެއް ނޫން، ގަންނައިރު ސާފުކޮށް ހުންނަ ބިސް ގަންނަމާ!

ބިސް ދޮވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި ބިސް ގަންނައިރު ސާފުކޮށް ހުންނަ ބިސް ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ ހޭލުންތެރިކުރުމުގެ ވީޑިއޯއެއްގައި ވަނީ އިލްތިމާސްކޮށްފައެވެ. " ވަރަށް ގިނަ ފަރާތްތަކުން ބިސް ގެއަށްގެނެސް ބިހުގެ ބޭރުގައި ހުންނަ ހަޑި ފިލުވާލުމަށްޓަކައި ކޮންމެވެސްކަހަލަ ކެމިކަލެއްލާފަ ބިސްތައް ސާފުކުރޭ. ނޭނގިނަމަވެސް ކުރެވޭކަމެއް. ބިސް ގަތުމަށްފަހު އިތުރަށް ސާފުކުރުމަށްޓަކައި ފެން ނުވަތަ ކެމިކަލްލައިގެން ދޮވުމަކީ ބިހުގެ އެތެރެއަށް އޭގެ އަސަރުކުރާނެ ކަމެއް. ބިހުގެ ތޮށި ހަރުތޮއްޓެއްގެ ގޮތުގައި ފެނުނަސް އޭގައި […]