ކާމިޔާބު ދިރިއުޅުމަކަށް ހިތް ނިޔަތް ޚަލާސްކުރުން: ރަމަޟާންމަހުގެ ރަން ފުރުސަތު

އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ބިންގަލަކީ އޭނާގެ ހިތެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަަސްފުޅެއްގެ މާނައިގައިވެއެވެ. "ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިސްލާހުވެއްޖެނަމަ މުޅި ހަށިގަނޑު އިސްލާހުވެއްޖެއެވެ. އަދި އެ މަސްކޮޅު ފާސިދުވެއްޖެނަމަ މުޅި ހަށިގަނޑު ފާސިދުވެއްޖެއެވެ. އެއީ ހިތެވެ." އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށްޓަކައި ހިތް ސާފުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތައް ތާހިރުކޮށް، ހިތްތައް އިސްލާހުކުރުމަށް ލިބޭ އެންމެ ރަނގަޅު މޫސުމެވެ. މިގޮތުން ހިތް ނިޔަތް ޚަލާސްކުރުމަށް ކުރެވިދާނެ […]

ތުންދިގުގާބޯ: ގާބޯ އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ތުންދިގުކޮށް ހުންނަ މަސް

ތުންދިގުގާބޯ މަސް އާންމުކޮށް އުޅެނީ މޫދުގައި 25 މީޓަރުގެ ފުންމިނުގެ ސަރަހައްދުތަކުގައެވެ. މިއީ ގާބޯ އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ތުންދިގުކޮށް ހުންނަ ވައްތަރުގެ މަހެވެ. މި މަސް އެންމެ ބޮޑުވަނީ 13 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ދިހަ ހަރުކައްޓާއެކު ތޭރަ މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި ތިން ހަރުކައްޓާއެކު ހަތް މަޑުކަށި ހުރެއެވެ. ހުދުކުލައަށް ހުންނަ މިމަހުގެ އަރިމަތީގައި ގޮޅިތަކަށްވާހެން ރަތާއި އޮރެންޖުކުލައިގެ ރީތި ކުރެހުމެއް ހުރެއެވެ. މިބާވަތުގެ މަސް އެންމެ ގިނައިން ފެންނަނީ […]