ވާހަކަ: އިހާ (ހަތްވަނަބައި)

"އަލް ޙަމްދު ލިﷲ.." ސިފައިންގެ ޑޮކްޓަރަށް ބުނެވުނެވެ. އަޔާން މަޑުމަޑުން ޑޮކްޓަރާއި ގާތްވެލިއެވެ. ތުއްތު ކުއްޖާއަށް ބަލާލެވުނެވެ. ޑޮކްޓަރު އެ ތުއްތު ކުއްޖާ އަޔާނާއި ހަވާލުކޮށް އަންހެން މީހާގެ ފަރުވާއަށް ފެށިއެވެ. އަޔާން އެ ކުއްޖާ ނުހަނު އޯގާތެރިކަމާއެކު އުރާލިއެވެ. އަދި އޭނާގެ ފޯނުން ބަންގިޖަހާލިއެވެ. ﷲ އަކްބަރުގެ ނަޣުރާއިން މުޅިތަނަށް ދިރުން ގެނުވިކަހަލައެވެ. އެންމެންގެ ހިތްތައް އުންމީދުގެ ހުޅުކޮޅުން އުޖާލާވި ކަހަލައެވެ. ވާރޭ އޮހިގަތެވެ. ރާނިޔާ ދުވެފައި ގޭތެރެއަށް ވަނެވެ. އެންމެ ފަހުން އެނދުގައި އޮށޯވެލިއެވެ. […]
