ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން ނިޔާވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 5 މީހުން ނިޔާވެފައެވެ. ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައެވެ. މި ހާދިސާގެ ތަހުގީގަށް މާލެއިން ދިގުރަށަށް ދާ ހާއްސަ ޓީމުގައި […]
ހިތަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔަކީ ބޮޑާކަމާއި ކިބުރުވެރިކަން

ހިތަކީ އިންސާނުންގެ ހަށިގަނޑުގައި ލައްވާފައިވާ އެންމެ ނާޒުކު ގުނަވަނެވެ. އަދި ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ސާފުކަންމަތީ ބަހައްޓަން ޖެހޭ ގުނަވަނަކީވެސް ހިތެވެ. އިންސާނާ ކުރާ ހުރިހައި ޢަމަލެއް އެގުނަވަނެއްގެ މައްޗަށް ބިނާވެފައިވާ ގުނަވަނަކީވެސް ހިތެވެ. ހުރިހައި ބުނުމެއް ގުޅިފައިވަނީވެސް ހިތަށެވެ. ހުރިހައި ޢަމަލެއް ބިނާވެފައިވަނީ ހިތުގެ މައްޗަށެވެ. އަދި ހުރިހައި ޢަމަލެއް ޤަބޫލުވެވިގެން ވަނީ ވެސް ހިތުގެ މައްޗަށެވެ. އެ ގުނަވަން ރަނގަޅު ކުރުމުން އެހެން ހުރިހައި ކަމެއްވެސް ރަނގަޅުވެގެން ދެއެވެ. މުޅި މީހާ ރަނގަޅުވުމުގެ […]
