އޮށްވަޅުގޮނޑި ކުޅުމުގެ އާދަކާދައަށް ތާރީޚީ ގޮތުން ބަލައިލުމެއް

ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ރަމަޟާން މަހަކީ ވަރަށް ޚާއްސަ މަހެކެވެ. ރަމަޟާން މަހުގެ ހަވީރު ފިނިވަގުތުތަކާއި ރޭގަނޑުގެ ބައެއް ވަގުތުތަކަކީ ތަފާތު ކުޅިވަރުތަކުން ފަޅުފިލުވާލާ ވަގުތުތަކެކެވެ. މިގޮތުން ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ކުޅިވަރަކީ އޮށްވަޅުގޮނޑި ކުޅުމެވެ. އައްޑިހައިގެ އަހަރުތަކަށް ބަލާއިރު، ކޮންމެ ގެއެއްގައިހެން ރަމަޟާން މަހަށް ތައްޔާރުވާއިރު އޮށްވަޅު ގޮނޑިއަކާއި މަދޮށި ނުވަތަ ބޮލި ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޮށްވަޅު ގޮނޑިއަކީ މިޒަމާނުގެ ބަހުރުވައިން ނަމަ 'ގޭމް ބޯޑެކެވެ'. މިއީ އާންމުކޮށް […]