މައުލޫމާތު: އެނބުރޭ ބޯޅައެއްގެ ސިފައިގައި ދަތުރުކުރާ އެއަށްޓެހި

އެއަށްޓެހިއަކީ ވެނެއްގޮތަށް ހިމަ ދިގުކޮށް ހުންނަ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް ފެންނާނީ ފަޅުތަކުގެ އައްސޭރިފަށުންނާއި މޫދުވިނައިން ހެދިފައިހުންނަ ފަޅުގެ ސަރަހައްދުތަކުންނާއި ފަރުތަކުގައި ހުންނަ މުރަކަތައް ކައިރިންނެވެ. މިވައްތަރުގެ ކުދިމަސްތައް އުޅޭނީ މޫދުގައި އެއްކޮށެވެ. ދަތުރުކުރާނީ ގުރޫޕެއްގޮތަށް އެނބުރޭ ބޯޅައެއްގެ ސިފައިގައިވެސް ދަތުރުކުރެއެވެ. މިބާވަތުގެ ބޮޑެތި މަސް ފެންނަނީ ކުދި ގްރޫޕްތަކެއްގެ ގޮތުގައި އެކަހެރިކޮށެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ފުރަތަމަކަށްޓާ ކަންފަތްގަޑުގައި ހުންނަ ހަރުކަށްޓަކީ ވަރަށް ވިހަގަދަ 2 ކަށްޓެވެ. ވީމާ މިމަސް ހިފާގެންގުޅޭއިރު މިކަމަށް […]
