ވާހަކަ: އިހާ (ހަވަނަބައި)

އަޔާނަށް ގެއަށް ނުދެވެނީސް ކޯލެއް އައެވެ. އޭނާ ބާރުބާރަށް ދުއްވާފައި އަތިރިމައްޗަށް ދިޔައެވެ. އަދި ފުރަން ތައްޔާރަށް އޮތް ކޯސްޓްގާޑަށް އެރިއެވެ. ރީތިކޮށް އޮތް މޫސުން ގޯސްވަމުންދާކަމުގެ އަސަރުތައް ދަނީ ފެންނަމުންނެވެ. ބޯވިލާތަކުން ހަތަރު އުދަރެސް ދަނީ ބައްދަމުންނެވެ. " އިސްދޫ އާއި ދިމާ ބޭރުގައި އެ ލޯންޗް އޮތީ." ޒަމީރު އޮޅުން ފިލުވައިދިނެވެ. " ވަރަށް އަވަސް ކުރަންވާނެ. މޫސުންވެސް ފެންނަނީ ގޯސްކޮށް" އަޔާން ބުންޏެވެ. ކޯސްޓްގާރޑް އެންމެ ފުލް ސްޕީޑްގައި ރާޅުތައް ކަފަމުން ދިޔައެވެ. […]
