ރިޔާ ސާބިތުކޮށްދިނީ ކަސްރަތުކުރަން ކެރެންޏާ ބަނޑުހިންދާލުމަކީ އެއްވެސްކަމެއް ނޫންކަން!

ލެގަސީ ފިޓްނެސްގެ ސީއީއޯ އަހުމަދު ރިޔާޒު އަކީ ފިޓްނެސް ދާއިރާގައި ރާއްޖޭގައި ތިބި ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ ފިޓްނެސް އިންސްޓްރަކްޓަރ އެކެވެ. ރިޔާ އާއި 3 ފިރިހެން ދަރިން ހިންގަމުން އަންނަ ލެގަސީ ފިޓްނެސް ހުންނަނީ ހުޅުމާލޭގެ އަމީން އެވެނިއު އިމާރާތުގައެވެ. ރިޔާ އަކީ 1992 ވަނަ އަހަރު ބަނޑޮސް އައިލެންޑު ރިސޯޓުގެ ވެރިޔާ މުހައްމަދު ވަހީދުއްދީންގެ ޕާސަނަލް ޓްރޭނަރެވެ. އޭގެފަހުން ވަނީ ސަން އައިލެންޑު ރިސޯޓުގެ ރެކްރިއޭޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ވެލައްސަރު މޯލްޑިވްސްގައި […]
ބައިނަލްއަގުވާމީ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެމަސް ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަހާ ގުޅުވައިގެން، މި ބަލި ތަހައްމަލު ކުރަމުންދާ މީހުންތަކެއް އިސްނަގައިގެން ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. ޓީ ބޮކްސްގައި ބޭއްވުނު މި ހަފްލާގެ ބޭނުމަކީ މި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރަށް ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެންޑޯމެޓްރިއޯސިސް އަކީ ރަހިމްގެ އެތެރެ ފަށަލަ އާއި އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލަމޭޓަރީ ދާއިމީ ބައްޔެކެވެ. ބޭރުފުށުން ފެންނަން […]
