ވާހަކަ: އިހާ (ހަތަރުވަނަބައި)

ސަމާސާ ވާހަކަތަކުގައި ދުވަމުން ދަނިކޮށް އަނބު ގަހެއް ކައިރީ ޒުވާން ތިން އަންހެން ކުދިން ތިއްބެވެ. ދިގު ދަނޑިއަކުން އަނބު ބިންނަމުން ވަށިގަނޑަކަށް އަޅަމުން ދިޔައެވެ. އެކުދިންގެ އުފާވެރިކަމާއި މިނިވަންކަން ރަށުގެ އުފާވެރި ދިރިއުޅުން ހާމަކޮށްދެއެވެ. ދޭތެރެ ދޭތެރެއިން ޖަހާލާ ހިނިގަނޑުގެ އަޑު އެމީހުންނާ ހަމައަށްވެސް ފޯރަން ފަށައިފިއެވެ.  އަޔާނާއި އެއް ހަމައެއްގައި ދުވަމުންދިޔަ ޒަމީރުގެ ދުވެލި މަޑުވެއްޖެއެވެ. މި އުފާވެރި މަންޒަރުން ބަލަމުން އޭނާ މަޑުމަޑުން ދުވަމުން ދިޔައެވެ. އޭނާގެ މޫނު ވަގުތު ކޮޅަކަށްވެސް އެކުދިންނާ […]

ދެމަފިރިންގެ 1 ކުއްޖަކު މަރުވިއިރު، ހުރި ހަމައެކަނި ދަރިފުޅު ދެވަނަ ފަހަރަށް ކިޑްނީ ބަދަލުކުރަންޖެހިފައި

އުމުރުން 55 އަހަރުގެ ރަޝާދު ސައީދު އާއި 51 އަހަރުގެ ނަޖުމާ އަލީގެ ދެމަފިރިންނަށް ލިބުނީ އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. އަންހެންދަރިފުޅަކީ ލޭއަޅާ ކުއްޖެކެވެ. އުމުރުން އެންމެ 9 އަހަރުގައި 2006 ވަނަ އަހަރު ލޯބިވާ އަންހެން ދަރިފުޅު މަރުވުން މިއީ މިއާއިލާއަށް ލިބުނު ފުންހިތާމައެކެވެ. މި ދެމަފިރިންގެ ހިތުގެ ވިންދު ކަމުގައިވާ ށ. ފޭދޫ، ނާރެސް އުމުރުން 33 އަހަރުގެ އަހުމަދު ސާމީ އަށްވެސް ދިމާވީ ސިއްހީގޮތުން ކަންބޮޑުވާ ހާލަތެކެވެ. ދެމަފިރިންގެ އުންމީދާއި ގުޅިފައިވާ ސާމީއަށް ފުރިހަމަ […]