ހުޅުމާލެ ހޮސްޕިޓަލް: ޑޮކްޓަރަށް ދައްކަން ކިއުގައި އެތައްއިރެއް، ބަލިމީހުންނަށް ބޮޑު ތަކުލީފެއް!

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައީ އުމުރުން 73 އަހަރުގެ މީހަކު ގޮވައިގެންނެވެ. ރޯގާޖެހިގެން ކެއްސާތީ އޭސީ ޖައްސާފައި ހުރިތަނެއްގައި ގިނައިރު އިންނަން އުނދަގޫ މީހެކެވެ. އެކަމަކު ޓްރައިއޭޖް ކިއުގައި މަޑުކޮށް ނަންބަރު ޖެހުމުން އަނެއްކާ މަޑުކުރަންޖެހުނީ މެމޯ ހަދަން ނެގި ނަންބަރު އަރުވަންދެނެވެ. އެއަށްފަހު މެމޯ އަތަށް ލިބި އުމުރުން ދުވަސްވީ މީހަކަށްވުމުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ ކަމުގެ އިންތިޒާރުގައި މަޑުކުރީއެވެ. 1 ގަޑިއިރު ވީއިރުވެސް ނަންބަރު ނުޖެހެއެވެ. ބަލިމީހުން ބަލާ 5 ކޮޓަރި ހުރިއިރު […]